ވަކި އެއްޗެއް ނާންގާ ވަޒީފާއިން އެކަހެރިކުރި މާބާއިދޫގެ ފެނަކަ މުވައްޒަފަކު، ވަޒީފާ އަށް ނެރުމަށް އަމުރުކޮށްފި

Vaki ehcheh naangaa vazeefa in ekaheri kuri maabaaidhooge fenaka muvahzafaku, vazeefa ah nerumah amuru kohfi

ވަކި އެއްޗެއް ނާންގާ ވަޒީފާ އިން އެކަހެރިކޮށްފައި ހުރި މާބާއިދޫގެ ފެނަކަ މުވައްޒަފަކު ވަޒީފާ އަށް އަލުން ނެރުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލް އިން އަމުރުކޮށްފިއެވެ.

އެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެެވެ. އެހެންނަމަވެސް، އެ ކުންފުނީގެ ފަރާތުން، ވަޒީފާއިން ވަކި ކުރިކަމަށް ނާންގާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި ފެނަކަައަށް ސިޓީއެއް ލިޔުމުން ވެސް ޖަވާބު ނުލިބޭ ކަމަށް އެ މުވައްޒަފު ވަނީ މައުލޫމާތު ދީފައެވެެ.

“އެއްވެސް ގޮތެއް ނުވެގެން، ސިވިލް ކޯޓަށް ޓްރިބިއުނަލްގެ ހުކުމް ތަންފީޒުކޮށްދިނުމަށް މައްސަލަ ހުށަހެޅީ.”

އެގޮތުން، އަޑުއެހުން ކުރިއަށްގެންދިޔަ ދުވަހު، ފެނަކަަައިގެ ވަކީލު މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން، މުސާރަޔާ އިނާއަތްތަކާއެކު، ވަޒީފާ އަލުން އިޔާދަކޮށްދޭނެ ކަމަށް ބުނެފައިވާ ކަަމަށް ވަނީ ބުނެފައެވެ. އޭނާ ބުނީ އެ ތާރީހު ފަހަނައަޅައި ދިޔުމުން އަނެއްކާވެސް ސިވިލް ކޯޓަށް ސިޓީއެއް ފޮނުވުމުން، އަޑުއެހުމެއް ތާވަލް ކުރީ ކަމަށެވެ. އަދި އަޑުއެހުމުގެ ދުވަސް ކުރިން ފައިސާ ފެނަކައިން ޖަމާކުރިކަމަށް ވެސް އޭނާ ވަނީ ބުނަފައެވެ.

“އެހެންނަމަވެސް، ވަޒީފާ ޗިޓް ހޯދިފަހުން، 25 ސެޕްޓެމްބަރުގައި މާބާއިދޫ ބުރާންޗަށް ފޮނުވީމަވެސް، އެއްވެސް އެއްޗެއް ނާންގާ ބާއްވާފައި އޮތީ،”

އެހެންނަމަވެސް ފެނަކައިގެ ގާނޫނީ ވަކީލު އެ ކުންފުނީގެ މެނޭޖްމެންޓަށް ނުފޫޒު ފޯރުވައިގެން، ޗިޓް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ވަޒީފާއަށް އެ މުވައްޒަފު ނުނެރޭނެކަމުގެ ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

އެ މުވައްޒަފު ބުނީ ޗިޓް ހަވާލުކުރީވެސް ޕްރެޝަރ ވަރަށް ބޮޑުވެގެން ކަމަށެވެ. އަދި ރިސެޕްޝަނުން ޗިޓް ހަވާލުކޮށްފައިވެސް އެއްވެސް އެއްޗެއް ނާންގާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments