މާބާއިދޫ ހިމެނޭހެން 12 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަނީ
Maabaidhoo himeneyhen 12 rashehgai football dhandu tharahgee kuraane faraatheh hoadhany

ރާއްޖޭގެ 12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫއުތަކުގެ ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ.ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ.
ޓްބޯޅަދަނޑު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
ގއ. މާމެންދޫ
ގއ. ނިލަންދޫ
ލ. މާބައިދޫ،
ހއ. ކެލާ
ގދ. މަޑަވެލި
ރ. ފައިނު
ރ. ރަސްމާދޫ
ށ. ބިލެއްފަހި
ލ. ހިތަދޫ
ށ. ނަރުދޫ
ރ. އުނގޫފާރު
ގދ.ތިނަދޫ ސިޓީ
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ.ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.