މީޑިއާ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލީ 6 މީހުން!
Media commission ge inthihaabah kurimathilee 6 meehun!

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލީ ޖުމުލަ 6 ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގައެވެ. އެގޮތުން، މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެމަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 3 މީހުންގެ މައްޗަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހާމަވެފައިވާއިރު، މި އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 6 ފަރާތަކުންކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.
އިލެކްޝަންސް އިން ހާމަކުރި ގޮތުގައި، ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް 4 މީހުން ކުރިމަތިލާފައިވާއިރު، އޭގެތެރެއިން 3 މީހުންގެ، ކެންޑިޑަސީ ގަބޫލުކޮށްފައިވެއެވެ. އަދިއޭގެތެރެއިން އެކަކުގެ ނަން، އަނބުރާ ގެންދިއުމަށްވެސް ވަނީ ހުށަހަޅާފައެވެ. އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަގާމަަށް 2 މީހުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން އެކަކުގެ ކެންޑިޑަސީ ގަބޫލުކޮށްފައެއް ނުވެއެވެ.
މި އިންތިހާބުގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 ށެވެ. މި އިންތިހާބުގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިގައިވަނީ ހަމައެކަނި މާލޭ ސިޓީގައެވެ.




