ގަމު ކައުންސިލް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދޭ ގަޑިތައް އާއްމުކޮށްފި
Gamu Council in ID Card dhookurumuge hidhumaiy dhey gadithah aanmukohfi
ހައްދުންމަތީ ގަމު ކައުންސިލުން އައިޑީ ކާޑް ދޫކުރުމުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލެއް ގެނެސް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ގަމު ކައުންސިލް އިދާރާއިން ދޫކުރަމުން ގެންދާ އައިޑީ ކާޑު މިއަދުން ފެށިގެން ދޫކުރުކުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި އެނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
އެ އިއުލާނުގައި ބުނީ އައިޑީ ކާޑުގެ ހިދުމަތް ދޭނީ އެ ކައުންސިލްގެ މުނިސްޕަލް ސެކްޝަނުން ކަމަށެވެ. އައިޑީ ކާޑުގެ ވެރިފަރާތް ނޫން ފަރާތެެއް ދާނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންދަން ޖެހޭނެ ކަމަށް ގަމު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް، 18 އަހަރު ނުފުރޭ ކުޑަ ކުދިންގެ ކާޑު، އެކުއްޖެއްގެ ބެލެނިވެރިޔާއަށް ދޫކުރާނެއެވެ. އަދި ކާޑާ ހަވާލުވާ ފަރާތުގެ އައިޑީ ކާޑް ގެންދިއުމަށް ގަމު ކައުންސިލުން ވަނީ އަންގާފައެވެ.
އަތޮޅު ކައުންސިލުން އައިޑީ ކާޑް ޕްރިންޓްކޮށް، ގަމު ކައުންސިލުން ކާޑު ދޫކުރަން ފެށީ ދާދި ފަހުންނެވެ.




