ގައުމީ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ޝައިމް އަށް!

Gaumee Quran Mubaaraathuge Balaigen Kiyevumuge Gofin 1 Vana Shaim Ah!

ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ލ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ލ. ފޮނަދޫ ޔުނިކް، އަޙްމަދު ޝައިމް ރިޒާ އަށް ލިބިއްޖެއެވެ.

މީގެ އިތުރުން ޝައިމް އަށް ވަނީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން، ކީ ސްޓޭޖް 4ން 1 ވަނަ ވެސް ހާސިލްކޮށްފައެވެ.އަދި މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ ކައުންސިލް ތަކުގެ ބައިން ލ.އަތޮޅު ކައުންސިލަށް ވަނީ 2 ވަނަ ލިބިފައެވެ.

މިދިޔަ މަހުގެ 26-19 އަށް ކުރިއަށް ގެންދިޔަ މުބާރާތުގެ ހާފިޒުންގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ ފާތިމަތު ޝާޔާ ޒާހިރު އެވެ. އަދި ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ އައިޝަތު ޝަބާއެވެ. މި މުބާރާތުގައި 119 މުއައްސަސާ އަކުން 1037 ބައިވެރިން ވާދަކުރިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 424 ބައިވެރިން އަދި ހާފިޒުންގެ ގޮފިން 31 ބައިވެރިންނެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާ ރަންވަނަތައް ހާސިލް ކުރި ބައިވެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. ރަން ވަނަތައް ހާސިލް ކުރި ބައިވެރިންނަށް ވަނީ ވަރަށް އަގުހުރި އިނާމްތަކެއް ދީފައެވެ. އޭގެ ތެރޭގައި ރައީސްގެ ޝަރަފުގެ ފިލައިގެ އިތުރުން ރައީސް ދެއްވާ 100،000ރ. ގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި އަދި  ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕް ފާހަގަ ކޮށްލެވެ އެވެ.

މީގެ އިތުރުންވެސް ރަންވަނަތައް ހާސިލް ކުރި ބައިވެރިންނަށް ވަނީ އަގުރި އިނާމްތަކެއް ދީފައެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއިން ދޭ 75،000ރ. ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އުމްރާ ދަތުރެއް ވެސް ވަނީ ދީފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments