ކަނޑުތަދުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި
Kandu dhathuru kuraa faraaiythakun moosumah samaaluvumah met office in ilthimaas kohfi

ހުޅަނގު، މޫސުމުގެ ބާރު ގަދަވެ، ކަނޑުތައް ގަދަވާނެތީވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދަރާ ( މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މެޓު އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް، ވައި ބާރުވެ، ކަޑު ތައް ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީވެ، އެންމެން އަދި ވަކިން ހާއްސަކޮށް ދަތުރުވެރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުުރުމާއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމަށްކޮށްފައެވެ.
މެޓު އޮފީހުން މާދަމާ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހަށް މޫސުން ލަފާކުރާ ގޮތުގައި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. މީގެއިތުރުން، އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވެސް ގަދަވާނެ ކަމަށް ލަފާކުރެއެވެ. އަދި އެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.




