ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް ގަމު ރީޖަނަލް ހޮސްޕިޓަލް އިން އިލްތިސްމާކޮށްފި

Dengee hun fethureythee samaalu vumah gamu regional hospital in ilthimaas kohfi

ޑެންގީ ހުން ޖެހޭ މީހުން އިތުރުވަމުންދާތީ, ސަމާލުވުމަށް ގަމު ރީޖަނަލް ހޮސްޕިޓަލް އިން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕޮޓަލް އިން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ, ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ އީޑީސް މަދިރި ހެފުމަށްފަހު, މި މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުން ކަމަށެވެ.

އެެގޮތުން:

މަދިރި ހަފާތާ 2-7 ދުވަސް ތެރޭގައި އަލާމާތްތައް ފެންނަން ފަށައެވެ.

އެންމެ އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަ ވުމާއި، ގަދައަށް ބޮލު ރިއްސުން އަދި ލޮލުގައި އަލި ލޮލުގެ ވަށައިގެން ރިއްސުން ހިމެނެއެވެ. އިތުރު އަލާމާތްތަކުގެ ތެރޭގައި ގައިގައި ބިހި ނެގުމާއި ހުޅުހުޅުގެ ރިއްސުން އަދި ބަނޑުގައި ރިއްސުން ހިމެނެއެވެ.

ޑެންގީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ވަރުދެރަވުން، ހަށިގަނޑުގެ އެކި ތަންތަނުން ލޭ އައުން އަދި ގަދައަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.

ޑެންގީއިން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަދިރި ފަނި އާލާވާ ގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ސާފުކޮށް ނައްތާލުން މުހިއްމު ކަމަށް ވަނީ ބުނެފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އިން ބުނީ 3 ދުވަހަށްވުރެ ގިނަދުވަހު، ހުން އަންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަމަށެވެ. މިދުވަސްކޮޅަކީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ދުވަސްކޮޅަކަށްވާތީވެ، އެކިކަހަލަ ބަލިތައް ދަނީ ފެތުރެމުންނެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments