ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

Zarooree beynun thah fiyavai ehen dathuru thah nukurumah fuluhun ilthimaas kohfi

މޫސުން ގޯސްވެ، ކަނޑުދުތުރު ކުރާ ފަރާތްތަކުން، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ. މީގެއިތުރުން، ފުރާއިރު، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަމިއާއެކު އުޅަނދުން ދަތުރުކުރާ އެންމެން ވެސް ލައިފް ޖެކެޓް އެޅުމަށާއި އެމަރޖެންސީ ހާލަތުގައި ގުޅާނޭ ނަމްބަރުތައް އުޅަނދުގައި ފެންނަހެން ބެހެއްޓުމަށް ބުނެފައިވެއެވެ.

މޫހުން ގޯސްވެ ވާރޭ ވެހޭ ވަގުތުތަކު އެއްގަމު އުޅަނދު ދުއްވާ މީހުންވެސް ސަމާލުވުމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، ކޮންޓްރޯލް ކުރެވޭ މިންގަނޑަށް އުޅަނދު ދުއްވުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު، ހެޑްލައިޓް ދިއްލުން ހިމެނެއެވެ.

ފުލުހުން ބުނީ ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރުމަށާއި، ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުމަށެވެ. އަދި ސައިކަލް ދުއްވާއިރު ކުޑަ ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

މިއަންނަ ހުކުރު ދުވަހާއި ހަމައަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments