ގަމު ބޮޑުފެންގަނޑުގެ ސަރަހައްދުން ބައެއް ބަންދުކޮށްފި
Gamu bodufengaduge sarhahdhun baeh bandhukohfi

ލ. ގަމު ބޮޑުފެންގަނޑު ސަރަހައްދުގައި ޕްލެޓްފޯމްގެ މަސައްކަތް ކުރިއަށްދާތީވެ، އެ ސަރަހައްދުން ބައެއް ބަންދުކޮށްފިއެވެ.
ގަމު ކައުންސިލުން ކުރި އިއުލާނެއްގަިއ ބުނީ ބޮޑުފެންގަނޑު މެނޭޖްމެންޓް ޕްލޭންގެ ދަށުން ތަރައްގީކުރާ ޕްލެޓްފޯމްގެ އަމަލީ މަސައްކަތް ކުރިއަށްދާތީވެ، އެ ސަރަހައްދުގެ ބައެއް ފެންސް ޖަހައި ބަންދު ކުރެވިފައިވާ ކަމަށެވެ.
ބޮޑު ފެންގަނޑު ތަރައްގީ ކުރުމުގެ ގޮތުން ލ.ގަން ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އާއި ގުޅިގެން އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ.ގަން ބޮޑުފެންގަޑު ސަރަހައްދު ތަރައްގީ ކުރުމުގެ މަސްރޫއު އަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ވެސް ގަމު ކައުންސިލުން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ.
ގަމު ބޮޑު ފެންގަނޑަކީ ލާމު އަތޮޅަށް ޒިޔާރާތް ކުރާ އެތައް ބައެއްގެ މަންޒިލެކެވެ. މި ފެންގަނޑަށް އެރުމަށާއި، ފޮޓޯ ނަގައި ހެދުމަށް ކޮންމެ ދުވަހަކުވެސް އެތަކެއް މީހުންނެއް ޒިޔާރަތްކުރެއެެވެ.




