7 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި

7 meehunnaaieku dhathurukuramundhiya kolhuvettieh bandunjahaalaifi

މާލެއިން ފުރައިގެން 7 މީހުންނާއިއެކު  ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފިއެވެ. މިނުރައްކާ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

މި ކޮޅުވެއްްޓިއަކީ ކ.މާލޭން ފުރައިގެން ކ.އެރިއަދޫ އަށް ދަތުރުކުރަމުން ދިޔަ “އަލްމާކް ފިޔަ” ނަމަކަށް ކިޔާ 100  ފޫޓުގެ ދިގު ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި ދަތުރުކުރަމުން ދިޔައީ 7 މީހުން ކަމަށް ޙަބަރު ލިބިފައިވެއެވެ.

“އެމް.އެން.ޑީއެފް” އިން ވިދާޅުވިގޮތުގައި މިހާދިސާ ހިނގާފާވަނީ ރޭ ދަންވަރު ގަޑިއެއްގައެވެ. އެބޯއްޓުން ދަތުރު ކުރަމުން އައި 7 މީހުން ގެތެރެއިން 4 މީހުން ސަލާމަތް ކުރެވިފައިވާއިރު އެކަކު ވަނީ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިފައިއެވެ. މަރުވެފާ އޮއްވާ ފެނިފައި ވަނީ ދިވެއްސެއް ކަމަށް ވަނީ ޙަބަރު  ލިބިފައެވެ.

މީގެއިތުރުން ގެއްލިފާވަ 2 މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ނާއި ސިފައިން ގުޅިގެން އަންނަނީކުރަމުންނެވެ. ބަންޑުން ޖަހާލި ކޮޅުވެއްޓި އަޑިޔަށް ގޮސްފާވާއިރު އެމް.އެން.ޑީއެފް ގެ ޑައިވަރުން ދަނީ އެ  ސަރަހަށްދުގައި ހަރަކާތް ރެރިވަމުންނެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ ބޮޑުސަރަހައް ދަކަށް މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން، ކަމާބެހޭ އިދާރާތް ތަކުން ވަނީ ދަތުރުފަތުރު ފަތުރު ކޮއްއުޅުމުގައި ޙާއްސަ ސަމާލުކަމެއް ދިނުމައް އިލްތމާސް ކޮށްފައެވެ.                     

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments