ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ރަޖިސްޓްރީވުމަށް އެދިއްޖެ

Guesthouse thakugai kaaboathakethee ge hidhumaiy dhey than thanun registry vumah edhihje

ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ރަޖިސްޓްރީވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީ އިން އެދިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 46 ވަނަ މާްއްދާގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް، އެ އަތޯރިޓިގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ، އެހެންކަމުން، ގެސްޓްހައުސްތަކުގައި އެފަދަ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސެންސް ނެގުމަށް ވަނީ އަންގާފައެވެ.

އެގޮތުން، މާލޭ ސަރަހައްދުގައި ނަމަ، އެ އަތޯރިޓީއަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ސިއްހީ މަރުކަޒަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments