ރައީސުލްޖުމްހޫރިއްޔާ ލ.ކުނަހަންދޫއަށް ވަޑައިގެން ތަރައްގީގެ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވައިފި!

  Raeesuljumhooriyya L.Kunahandhoo ah vadaigen tharaggeege ebbasvun thakeggai soi kuravvaifi!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުންގެންދާ ދަރުފުޅުގައި ލ.ކުނަހަންދޫއަށް ޒިޔާރަތް ކުރައްވައި، އެރަށުގެ ތަރައްގީއަށް ގިނަމަޝްރޫޢުތަކެއް ފެށުމުގެ އެއްބަސްވުމުގައި ވަނީސޮއި ކުރައްވާފައެވެ. އޭގެތެރޭގައި ކުނަހަންދޫގެ މަގުތައް ޒަމާނީފެންވަރަކަށް ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަށް ކުރުމާއި، ވޮލީ ކޯޓާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމްކުރުމުގެ އެއްބަސްވުން ހިމެނެއެވެ. މަގުތައް ތަރައްގީ ކުރުމަށް އާރް.ޑީ.ސީ އާއެކު ސޮއި ކޮށްފާ ވާއިރު ގޮނޑުދޮށް ހިމާޔަށް ކުރުމާއި، ވޮލީ ކޯޓާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެމް. ޓީ.ސީ.ސީ އާއިއެކުއެވެ.

މީގެ އިތުރުން ކުނަހަންދޫގެ ތަރައްގީއަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސުކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ސިއްހީ މަރުކަޒާއި، ފުލުހުންގެ ހިދުމަތް ގާއިމްކުރުން، އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން ހިމެނެއެވެ.

ކުނަހަންދޫގައި ގާއިމްކޮށްފައިވާ ބެންކް އްފް މޯލްޑިވްސްގެ އައު އޭ.ޓީ.އެމްގެ ހިދުމަތް މޫސުން ގޯސްވުމުގެ ސަބަބުން  ފައްޓަވައި ދެއްވުމުގައި ރައީސްއަށް ބައިވެރިވެވަޑައިނުގެނެވުނު ނަމަވެސް، މިހާރުން ފެށިގެން ރަށުގެ ރައްޔިތުން ނަށް އޭ.ޓީ.އެމް. ގެ ހިދުމަތް ލިބެމުންދާނެއެވެ.

ކުނަހަންދޫއަށް ވަޑައިގެންނެވުމުގެ ކުރިން، މިއަދު ލ.ހިތަދޫއަށް ވަޑައިގެން ލ.ކުނަހަންދޫ އަދި ހިތަދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތްވަނީ ފައްޓަވާ ދެއްވާފައެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments