ފޮނަދޫ ޕަސްކުއަލް ފުޓްސެލް މުބާރާތް ލަސްކުރުމުން ޓީމުތަކުން ރަތަށް!

Fonadhoo pascual mubaaraaiy laskurumun team thakun rathah!

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން ބާއްވާ ފޮނަދޫ ޕަސްކުއަލް ފުޓްސެލް މުބާރާތް ލަސްކުރުމުން ޓީމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މުބާރަތް ބޭއްވުމަށް ތާވަލު ކުރީ މިމަހުގެެ 23 އަށް ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން، މުބާރާތް ވަނީ މިމަހުގެ 26 ވަނަ ދުވަހަށް ލަސްކޮށްފައެވެ. މިކަމާއި ގުޅިގެން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން ދަނީ ސޯޝަލްމީޑިއާގައި ކަންބޮނޑުވުން ފާޅުކުރަމުންނެވެ.

އޭގެތެރެއިން، ޓީމަކުން ލާމު އެމްވީއާ މައުލޫމާތު ހިއްސަކުރަމުން ބުނީ މި މުބާރާތްް 5 އަހަރު ބާއްވާފައިވާއިރު، އެއް އަހަރު އޮންނަ ގަވާއިދު އަނެއް އަހަރު ނޯންނަ ކަމަށެވެ.

” އެންމެ ފުރަތަމަ މުބާރާތުގައި ޅިޔަނުން ނަކީ ރަށު މީހުންގެ ގޮތުގައި ބެލީ. ދެވަނަ މުބާރާތް ކުޅުނު އިރު މިވާ ގޮތަކީ، ޅިޔަނުންގެ ގޮތުގައި ފާހަގަކޮށްލެވޭ ގަމަށް ނިސްބަތްވާ މޮޅު ކުޅުންތެރިން، ވަކި ޓީމަކަށް ފެއަރ ވެގެން، ޅިޔަނުން ނަކީ ބޭރު ކުޅުންތެރިންނަށް ހަދަނީ.”

އެ ފަރާތުން ބުނީ އަހަރަކުން އަހަރަކު ގަވާއިދު ބަދަލުވަމުންދާތީވެ ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.އެ ފަރާތުން ފާހަގަކުރި އަނެއް ޝަކުވާއަކީ،މ މުބާރާތް ތާވާލުކުރި ތާރީހަށް ނުފެށުމެވެ. މުބާރާތް ފަށަންޖެހޭ ތާރީހަށް ނުފަށައި، ނިންނަން ހަމަޖެހިފައިވާ ދުވަހަށް ނިންމުމަކީ ކަންބޮނޑުވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.އެފަރާތުން މައުލޫމާތު ދިން ގޮތުގައި، މެނޭޖްމެންޓުން މުބާރާތުގެ ކަންކަން ނިންމުމުގައި މަޝަވަރާކުރަން ޖެހޭ ގޮތަށް މަޝްވަރާ ނުކުރާ ކަމަށެވެ.

“ޓީމުތަކުން ކުޅެން އެބަ ޖެހޭ މެދުކެނޑުމެއްނެތި 3 ރޭ. ބޮޑު މުބާރާތެއް އެބަ ނިންމާލާ 6 ދުވަހުންް.”

މީގެއިތުރުންވެސް، އެހެން ޓީމުތަކުގެ ކުޅުންތެރިންވެސް ވަނީ މުބާރާތް ލަސްވުމާއި، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށް ފާޑު ކިޔާފައެވެ. ޓީމު ތަކުން ބުނަނީ މުބާރާތް ލަސްކުރަނީ މޫސުން ގޯސްވުމުގެ ސަބަބުން ނޫން ކަމަށާއި ވަކި ބަޔެއް ބޭނުންވާ ގޮތަށް މުބާރާތް ހިންގުމަށް ކަމަށެވެ. އަދި މިފަދަ ބޮޑު މުބާރާތެއް ބާއްވައިރު، މުބާރާތް މިއަށްވުރެ ރަނގަޅަށް އިންތިޒާމްކުރުމަށް ވެސް ޓީމުތަކުން ވަނީ އެދިފައެވެ.

އެހެންނަމަވެސް މި މުބާރާތް އިންތިޒާމުކުރާ ފަރާތް ކަމަށް ފޮނަދޫ މެދު އަވަށު ސްޕޯޓް ކްލަބް އިން ވަނީ މިމައުލޫމާތު ދޮގުކޮށްފައެވެ. އެ ފަރާތުން ބުނީ ވަކި ޓީމަކުން ބޭނުންވާ ގޮތަކަށް މުބާރާތް ނުރާވާ ކަމަށާއި މުބާރާތް އިންތިޒާމް ކުރަނީ އަހަރަކުން އަހަރަކު ވީހާވެސް ގިނަ ކުޅުންތެރިންނަށް ބައިވެރިވޭ ގޮތަށް ބަލާފައި ކަމަށެވެ. އަދި މިފަހަރު މުބާރާތް ލަސްކުރީ، މޫސުން ތަންނުދޭތީ ކަމަށް ވެސް ވަނީ ބުނެފައެވެ. މުބާރާތުގެ ގަވާއިދު ބަދަލުކުރަނީ ޓީމުތަކަށް ވެސް ފައިދާވާނޭ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ފޮނަދޫ މެދު އަވަށު ސްޕޯޓް ކްލަބް އިން ބުނީ މުބާރާތް ނިންމާ ޑޭޓާއި މުބާރާތުގެ ޝެޑިއުލް އަދި ފައިނަލް ނުކުރާ ކަމަށެވެ. މުބާރާތުގެ ކޮންމެ ކަމެއް ވެސް ނިންމަނީ ޓީމުތަކާއި މަޝްވަރާ ކޮށްފައި ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments