ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން އާރްއާރްސީއަށް: މާސްޓަރ އޮފް ފުޓްސަލް އިސްމާއިލް ޝަރީފް އަށް!
Club maldives ge champion an RRC ah: Master of futsel Ismail shareef ah

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކުލަބު އިން ކާމިޔާބުކޮށްފިއެވެ.
އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން އާރްއާރްސީ މޮޅުވެފައިވަނީ 7-5 ނަތީޖާއަކުންނެވެ. އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގައި ހިމެނޭ ގަމަށް ނިސްބަތްވާ އަލީ ޝާމިސް (ތޮއްޕެ) އަދި ގޯލްކީޕަރު ލުފްޝާން(ޕަފް) ވަނީ ފައިނަލު މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ތޮއްޕެ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި، އާރްއާރްސީއަށް ލީޑު ފުޅާކޮށްދީފައެވެ. ކީޕަރު ޕަފްގެ ފަރާތުން ވެސް ވަނީ މޮޅު ސޭވްތަކެއް ފެނިފައެވެ. އެސްޓީއޯ އަށް ލިބުނު ދެ ދުރު ޕެނަލްޓީވެސް ކީޕަރު ފަޕް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ، އަދި މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ޕަފް ހިމެނުނެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ފުޓްސަލް) ގެ މަގާމު ހޯދީ އާރްއާރްސީގެ، އަދި ކުރީގެ ލ ގަން ފުޓްސަލް ޓީމުގެ ވެސް ކޯޗު ކަމަށްވާ އިސްމާއީލް ޝަރީފްއަށެވެ. ލިބުނު ކާމިޔާބީއާ ގުޅިގެން ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ މިއީ ކުޅުންތެރިންނާ މެނޭޖްމެންޓްއިން އަދި ސަޕޯޓަރުންގެ ބުރަ މަސައްކަތުން ކާމިޔާބު ކުރެވުނު ތައްޓެއް ކަމަށެވެ. ކާމީޔާބީއާމެދު ހިތްހަމަ ޖެހޭ ކަމަށާއި، އަލީ ހާފިޒް ފަދަ މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމުން ކުރިއަށްދާން އުނދަގޫވިނަމަވެސް، ޓީމުގެ ބުރަ މަސައްކަތުން ތަށި ކާމިޔާބު ކުރެވުނީ ކަމަށެވެ.
މި މުބާރާތުގެ ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ އާރްއާރްސީގެ އަހުމަދު އަފްލާޒެެވެ.




