ގަމު ވޮލީބޯޅަ ޗެލެންޖްގެ ގުރު ނަގައިފި
Gamu Volley Ball Challenge ge Guru Nagaifi

މި މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގަމު ވޮލީބޯޅަ ޗެލެންޖްގެ ގުރު ނަގައިފިއެވެ.
މި މުބާރާތުގައި އަންހެން ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އެއީ، މާބައިދޫ އޯލް ޔޫތު، އައިލެންޑް ޔޫތު ޔުނައިޓެޑް، ބެސްޓް، އެޕެކްސް އަދި ފޮއެމަތިއެވެ. މާދަމާ މުބާރާތް ފެށެން ހަމަޖެހިފައިވާއިރު 15:30 ގައި އެންމެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މާބާއިދޫ އޯލް ޔޫތް އަދި އައިލެންޑް ޔޫތު ޔުނައިޓެޑް އެވެ. އެއަށްފަހު 16:40 ގައި ބައްދަލު ކުރާނީ ބެސްޓް އަދި އެޕެކްސް އެވެ.
އަންހެން ޑިވިޝަންގެ 10 މެޗް ކުޅެން ހަމަޖެހިފައިވެއެވެ. އަދި ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ފިރިހެން3 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ، ފަޓާނީ، އައިލެންޑާސް އެސްސީ އަދި މާހިންނަ އެވެ. މާދަމާރޭ 20:30 ގައި އޮންނާނީ ފަޓާނީ އަދި އައިލެންޑަސް އެސްސީ ބައްދަލު ކުރާ މެޗެވެ.
މި މުބާރާތަކީ 28 ޑިސެންބަރު ގައި އޮންނަ ރާއްޖެ ސުޕަރ ލީގް ވޮލީބޯޅަ މުބާރާތައް ގަމުގެ ޓީމު ނެގުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް ގަމު ކައުންސިލުން ބުނެފައިވެއެވެ.




