ގަމު ވޮލީ މުބާރާތުގެ ޗެމްޕިއަަންކަން ފަޓާނީ އަދި ބެސްޓް އަށް!
Gamu volley mubaaraathu champion kan fataanee adhi best ah!

ގަމު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބެސްޓް އިން ކާމިޔާބުކޮށްފައިވާއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފަޓާނީ އިން ހޯދައިފިއެވެ.
އަންހެން ޑިވިޝަންގެ ފައިނަލު މެޗުގައި ވާދަކޮށްފައިވަނީ ބެސްޓް ސްޕޯޓްސް ކްލަބް އަދި އައިލެންޑް ޔޫތު ޔުނައިޓެޑްއެެވެ. މި މެޗު ބެސްޓް އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ނަގާފައިވަނީ 3 ސެޓު 0 ސެޓުން އައިލެންޑް ޔޫތު ބަލިކޮށްގެންނެވެ. ބެސްޓް އިން މުބާރާތުގެ ޗެމްޕިއަންކަން ނަގާފައިވަނީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. އަންހެންޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ބެސްޓް ގެ ޖާރޒީ ނަމްބަރު 12، މަރިޔަމް ޝިޒާނާއެވެ.
މުބާރާތުގައި ޝިޒާނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، “ކުއީން އޮފް ދަ ޓޯނަމެންޓް” ގެ މަގާމު ހޯދާފައެވެ. އެގޮތުން، ޝިޒާނާ ވަނީ ޖެހިޖެހިގެން 3 މެޗުން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބެސްޓް ގެ ޖާރޒީ ނަމްބަރު، 13 އާއިޝަތު ސަނާ، ބެސްޓް ގެ ޖާރޒީ ނަމްބަރު 12، މަރިޔަމް ޝިޒާނާ، އައިލެންޑް ޔޫތު ޔުނައިޓެޑްގެ ޖާރޒީ ނަމްބަރު 8 ހައްވާ ނަވާޒާ، ބެސްޓް ގެ ޖާރޒީ ނަމްބަރު 3 ހައްވާ މަޒިއްޔާ، އައިލެންޑް ޔޫތުގެ ޖާރޒީ ނަމްބަރު 15، ނައުމާ، މާބައިދޫ އޯލް ޔޫތްގެ ޖާރޒީ ނަމްބަރު 11 ފާތިމަތު މުނާ އަދި މާބާއިދޫ އޯލް ޔޫތްގެ ޖާރޒީ ނަމްބަރު، 3 ފާތިމަތު ނުހާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ވާދަކުރީ ފަޓާނީއާ އައިލެންޑާރސްއެވެ. ފަޓާނީވެސް މެޗު ކާމިޔާބުކޮށް، ޗެމްޕިއަން ތަށި ނަގާފައިވަނީ 3 ސެޓު 0 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފަޓާނީގެ ޖާރޒީ ނަމްބަރުުު18 އާދަމް ފައިރޫޒްއެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު7 ކުޅުންތެރިން:
އައިލެންޑާރސް- ޖާރޒީ ނަމްބަރު 9، އަލީ ރުކްޝާން
އައިލެންޑަރސް- ޖާރޒީ ނަމްބަރު 3 ، އަދުހަމް އިބްރާހީމް
ފަޓާނީ- ޖާރޒީ ނަމްބަރު 10، އަހުމަދު އަކީލް
މާހިންނަ- ޖާރޒީ ނަމްބަރު 18، މުހައްމަދު ރަޝީދު
އައިލެންޑާރސް-ޖާރޒީ ނަމްބަރު 11، ހުސައިން ޝަފީއު
އައިލެންޑާރސް- ޖާރޒީ ނަމްބަރު4، އަލީ މައުރޫފް
ފަޓާނީ- ޖާރޒީ ނަމްބަރު4 ، މުޖުތާޒު އަލީ
އަންހެން އަދި ފިރިހެން ޑިވިޝަންގެވެސް ޗެމްޕިއަން ޓީމަށް ވަނީީ 15،000 ރުފިޔާގެ ފައިސާ އިނާމެއް ދީފައެވެ، އަދި ރަނަރއަޕް އަޕް އަށް ދިޔަ ދެ ޓީމަށް ވަނީީ 10،000 ރުފިޔާގެ ފައިސާ އިނާމެއް ހަވާލުކޮށްފައެެވެ.




