ލަސާ އެކެޑަމީގެ ސްޕޯޓްސް ފިއެސްޓާ މުބާާރާތް ފަށައިފި
Lasa academyge sports fiesta mubaaraaiy fashaifi

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީގެ “ސްޕޯޓްސް ފިއެސްޓާ 2025” ފަށައިފިއެވެ.
މި މުބާރާތާކީ ލަސާ އެކެޑަމީގެ ހުރިހާ ކުދިންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކު އެ އެކަޑަމީއިން ބާއްވާ މުބާރާތެކެވެ. މުބާރާތާއި ގުޅޭގޮތުން ލަސާގެ ކޯޗު އަހުމަދު އަރީފް ބުނީީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެކެޑަމީގެ ހުރިހާ ކުދިންގެ ހުނަރާއި، އަހަރު ދުވަހުގެ ފަރިތަކުރުންތަކުގައި ކޮށްފައިވާ މަސައްކަތްތައް ދައްކާލުންކަމަށެވެ. އަދި މުބާރާތުގެ ސަބަބުން ކުދިންގެ މެދުގައި އޮންނަ އެކުވެރިކަން އާލާވާ ކަމަށްވެސް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތުގައި އެކެޑަމީގައި ރަޖިސްޓަރވެފައިވާ ހުރިހާ ކުދިންވެސް ބައިވެރިވާނެ ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.
“މި މުބާރާތުގައި އެންމެ ހިތްހަމަޖެހޭނެ ކަމަކީ، މި މުބާރާތް ނިމިގެންދާއިރު މެޑަލް ނުލިބޭ އެއްވެސް ކުއްޖެއް ނުހުންނާނެ. ހުރިހާ ކުދިންނަށް ވެސް މެޑަލް ލިބޭނެ.”
މުބާރާތް ބޭއްވުމަށް ބެލެނިވެރިންގެ ފަރާތުން ލިބޭ ހިތްވަރާއިި ކޯޗުން ކުރާ ބުރަ މަސައްކަތް ކޯޗު އަރީފް ވަނީ ފާހަގަކޮށްފައެވެ. ޗޯޗު އިތުރަށް ބުނީ މިދިޔަ އަހަރު މި ފިއެސްޓާ ބޭއްވީ ހަމައެކަނި ފުޓްބޯޅަ އަށް ކަމަށާއި، މިދިޔަ އަހަރު ބައިވެރިވީ 150 ކުދިން ކަމަށެވެ. އެހެންނަމަވެސް މިއަހަރު 200 އެއްހާ ކުދިން މިއަހަރުގެ މުބާރާތުގައި ބައިވެރިވުން، އެއީ މުބާރާތް އެންމެ ރަނގަޅަށް އިންތިޒާމުކުރެވިގެން ބޭއްވޭތީ ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
ކޯޗު ބުނީ މި މުބާރާތްތަކުން ކުދިންގެ ކިބައިގައި ހުންނަ ހުނަރުތައް ފެނިގެންދާ ކަމަށެވެ.
މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ފަސް ދުވަހަށް ބަހާލައިގެންނެވެ. ހެންޑްބޯޅަ އާއި ފުޓްބޯޅަ ހިމެނޭ މި ފިއެސްޓާ ކުރިއަށް ދަނީ ހަވީރާއި ރޭގަނޑަށް ބަހާލައިގެންނެވެ.މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރުގައެވެ.




