ނުކުޅުދުންތެރިކަން ހުންނަ 14000 އަށްވުރެ ގިނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި
Nukulhedhuntherikan hunna 14000 ah vure gina meehunnah maalee eheetherikan foaru kohdheefi

ނުކުޅެދުންތެރިކަން ހުންނަ 14,638 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވަނީ 14832 ފަރާތެކެވެ. އަދި އޭގެތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި މިދިޔަމަހު އަލަށް ރަޖިސްޓްރީވެފައި ވަނީ 136 ފަރާތެކެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލީ އެހީގެ ގޮތުގައި މިދިޔަ މަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖުމްލަ 53،085،000 ރުފިޔާ ދޫކޮށްފައެވެ.
ސަރުކާރުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރުމުން ކޮންމެ މަހަކު 3000 ރުފިޔާގެ އެލަވެންސްއެއް ފޯރުކޮށްދެއެވެ.




