ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

Roadha mahuge current bill 400 ruffiyya ah vure bodeh nuvaane: Raees

ކުރިއަަށް އޮތް ރޯދަމަހުގެ ކަރަންޓު ބިިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށާއި ބާކީ ކަރަންޓަށް އަރާ ބަޔަކީ ޑިސްކައުންޓް ކަމަށެވެ.

“މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ، އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ”

ރައީސް ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް އެއް ލިބޭނެ ކަން އިއުލާނުކުރައްވާފައެވެ. ރޯދަ މަހުގައި ކަރަންޓާއި ފެން ބިލު ބޮޑުވާތީވެ، މި ސަރުކާރުން އަންނަނީ ބިލުތަކަށް ޑިސްކައުންޓް ދެމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments