ފޮނަދޫ ކައުންސިލުން ފޮޓޯ މުބާރާތެއް ބާއްވަނީ
Fonadhoo council in photo mubaaraatheh baahvanee
2026 ވަނަ އަހަރުގެ ކައުންސިލްގެ ރަސްމީ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމަށް ފޮޓޯ މުބާރާތެއް ބޭއްްވުމަށް ފޮނަދޫ ކައުންސިލުން ނިންމައިފިއެވެ.
ފޮނަދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، މި މުބާރާތުގެ މަޤްޞަދަކީ އެ ކައުންސިލުން 2026 ވަނައަހަރުގެ ރަސްމީ ކަލަންޑަރުގައި ހިމަނާނެ 13 ފޮޓޯ ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ. އެ އިއުލާނުގައި ބުނީ ކައުންސިލުން ތައްޔާރުކުރާ 2026 ވަނައަހަރުގެ ރަސްމީ ކަލަންޑަރުގައި ހިމަނާނީ މިމުބާރާތުން އެންމެ ރަނގަޅުކަމަށް ހޮވާ 13 ފޮޓޯ ކަމަށެވެ.
ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނާއެކު ފޮޓޯ މުބާރާތުގެ މައުލޫމާތު ކަރުދާސް ވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، މި މުބާރާތައް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ12 ފޮޓޯ އަަކަށް 1000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވާ ފޮޓޯއަކަށް 1500 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ މިއަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހެވެ.




