ފުލުހުންގެ ބޮޑު ޑްރަގް އޮޕަރޭޝަން “އަލިމަގު 1.0” ގައި ލ. އަތޮޅަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފި

Fuluhunge bodu drug operation "Alimagu 1.0" gai L.Atoll ah nisbaiyvaa dhemeehaku hayyaru kohffi!

ފުލުހުން ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑު ޑްރަގް އޮޕަރޭޝަން “އަލިމަގު 1.0” ގެ ދަށުން ލާމު އަތޮޅަށް ނިސްބަތްވާ ދެ މީހަކު ހިމެނޭހެން 110 މީހުން ހައްޔަރުކޮށްްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ފުލުހުން ހިންގާ ގައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެކެވެ.

ފުލުހުން މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ލ. އަތޮޅަށް ނިސްބަތްވާ ދެ މީހުންނަކީ ލ. މާވަށް، އިތާ، ޙަސަން ނާއިފް (24އ) އާއި ލ. ގަން، ތުނޑި، ޒެނިތް، ޙުސައިން ވިސާމް (33އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ “އަލިމަގު 1.0” އޮޕަރޭޝަންގެ ދަށުން އެކި ސަރަހައްދުތަކުގައި ހިންގި ތެޅިފޮޅުންތަކާއި ރެއިޑްތަކުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ވަނީ ހައްޔަރުކުރި ބައެއް މީހުންގެ ފޮޓޯތަކާއި މައުލޫމާތު އާންމުކޮށްފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މި މަސައްކަތަކީ ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގޭ މުހިންމު މަސައްކަތެކެވެ. “އަލިމަގު 1.0” އޮޕަރޭޝަންގެ ދަށުން މުޅި ރާއްޖެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments