ރާއްޖެއަކީ ބޭސް އުފައްދާ ގައުމަކަށް ހެދިދާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
Raajeakee beys ufahdhaa gaumakah hedhidhaanekamah health minister vidhaalhuvejje

ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިހެން މިނިސްޓަރ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ބޭސް ނުލިބޭކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ބޮޑުވެފައިވާ މި ދަނޑިވަޅުގައެވެ.
މިނިސްޓަރ ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި މުސްތަގުބަލުގައި ރާއްޖެއަކީ ބޭސް އުފައްދާ ގައުމަކަށް ހެދިދާނެ ކަމަށެވެ.
މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ނާޒިމް އިބްރާހީމް ވިދާޅުވީ ފާމަސޫޓިކަލްސްއަށް ވަކި ކުންފުންޏެއް ހެދުމުން، އެ ކުންފުނީގެ މުޅި ބޯޑުގެ ވިސްނުން އަދި ކުންފުނީގެ ވިސްނުން ހުންނާނީ މުޅި މައްސަލައަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ބޭހުގެ މުޅި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ އެކުންފުނީގެ އެންމެ ބޮޑު މަޤްސަދު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.




