ގޯލްޑެން ފުޓްސަލް ޗެލެންޖު 2026: ގަމު ޓީމުގެ ކޯޗަކަށް ބެންޖޯ!

Golden futsel challenge 2026: Gamu team ge coach akah benjo

މިއަންނަ އަހަރުގެ ގޯލްޑަން ފުުޓްސެލް ޗެލެންޖުގެ ލާމު  ގަން ފުޓްސަލް ޓީމުގެެެ ކޯޗަކަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ އަބްދުﷲ ހަނީފް (ބެންޖޯ)  ސޮއިކޮށްފިއެވެ.

ބެންޖޯއަކީ ކުރީގެ މަޝްހޫރު ފުޓްބޯލަ ކުޅުންތެރިއެކެެވެ.
ހަނީފް އަކީ ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ފަދަ ރާއްޖޭގެ ވަރުގަދަ ކްލަބުތަކަށް ކުޅުނު ފާހަގަކޮށްލެވޭ ޑިފެންޑަރެކެވެ.

މީގެއިތުރުން، އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ ރާއްޖެ ތަމްސީލުކޮށްފައެވެ. ބައިނަލްއަގްވާމީ ގޮތުން އޭނާ ފުރަތަމަ ފަހަރަށް ކުޅެން ނުކުތީ 2009 ވަނަ އަހަރު ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ކުޅުމުގެ ކެރިއަރަށްފަހު ބެންޖޯ ވަނީ ކޯޗިންގެ ކެރިއަރަށް ބަދަލުކޮށްފައެވެ. އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ޓީމުތައް މެނޭޖްކޮށް، ކްލަބް އީގަލްސްގެ ހެޑް ކޯޗުގެ މަގާމު  ވެސް އަދާކޮށްފަ އެވެ.

އަދި ޓެކްކަރސް ދިރާގު ރިސޯޓް ކަޕް ފަދަ މުބާރާތްތަކުގައި “ބެސްޓް ކޯޗު”ގެ މަގާމުވެސް ބެންޖޯއަށް ވަނީ ލިބިފައެވެ.

ލާމު އަތޮޅުން ގޯލްޑަން ފުޓްސެލް މުބާރާތުގައި ބައިވެރިވެފައިވަނީ ފޮނަދޫ، މުންޑޫ، ދަނބިދޫ، ކުނަހަންދޫ، އިސްދޫ، ކަލައިދޫ، މާވަށް އަދި ގަމެވެ. ލ. ގަމުން މުބާރާތުގެ ޗެމްޕިއަންކަން ނަގާފައިވަނީ 2023 ވަނަ އަހަރުގައެވެ. ގަމުންް ވަނީ 2024އަދި 2025 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑްވެސް ހޯދާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments