ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓް އޮފީސް

Dhekunaai medhuraahje thereah moosun goas: MET

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ  ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝަރ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ.

އެގޮތުން، މި ވިއްސާރައިގައި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ،ވައި ބާރުވާނެކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކަށް އެހާ މޫސުން ގޯސް ނުވާނެކަމަށް ވަނީ ބުނެފައެވެ.

މެޓް އިން ބުނީ މެދު ރާއްޖެތެރެއަށް ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންނަމަވެސް އުތުރުގެ އަތޮޅުތަކާއި ދެކުނަށް މިމަހު 29 ވަނަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments