ފޮނަދޫގައި ދިވެހި ބޭސް ކޭމްޕެއް ފަށައިފި: ޢާއްމުންނަށް ގިނަ ފަރުވާތަކެއް!

Fonadhoogai dhivehi beys camp eh fashaifi

ފޮނަދޫގައި “ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިން” އިން އިންތިޒާމުކުރާ ދިވެހި ބޭސް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގެ މަގުސަދަކީ ދިވެހި ބޭސްވެރިކަމުގެ ތެރެއިން ގިނަ ބަލިތަކަށް ފަރުވާދިނުމުގެ ފުރުސަތު ޢާއްމުންނަށް ފަހިކޮށްދިނުމެވެ.

މި ކޭމްޕް ބާއްވާނީ ފޮނަދޫ ބަގީޗާގޭގައެވެ. މި ކޭމްޕްގައި ފަރުވާދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖެބަލީގެ ތަފާތު އުނދަގޫތަކާއި، ނާރުގެ ބަލިތަކާއި، ރުއްގަލުބޭސް ބޭނުންކޮށްގެން ދެވޭ ފަރުވާތަކާއި، ޗިކުންގުންޔާ، ގޭސްޓްރިކް މައްސަލަތައް، ފުރަގަސްފަރާތުގެ ބަލިތައް، ނޭވާލާނިޒާމުގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އަންހެނުންގެ ހާއްސަ ބަލިތައް، ކުޑަމަކުދިއުމާއި ބެހޭ ނިޒާމުގެ ބަލިތައް އަދި ހަމުގެ ބަލިތައް ހިމެނެއެވެ.

މި ކޭމްޕްގައި ފަރުވާ ދެއްވާ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާނީ ސީނިއަ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެންޓަރީ މެޑިސިން ޕްރެކްޓީޝަނަރ މުޙައްމަދު އަޙުމަދު އެވެ.

ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް 9751170 ނުވަތަ 7751170 ނަންބަރު ފޯނަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments