ޝަމާއިލް ކުޅުނަސް، ލާމަސީލު ލާމު ވޮލީ މުބާރާތަށް ރެފްރީން ދޫކޮށްފި!

Shamaail kulhunas, Laamaseelu Laamu Volley Mubaarathah Refreen dhookohffi!

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން، ގައުމީ ޓީމުން ސަސްޕެންޑްކުރެވިފައިވާ ޝަމާއިލް ހުސެއިން ބައިވެރިވާ މުބާރާތްތަކަށް ރެފްރީން ދޫނުކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް، ލ. އަތޮޅުގައި ކުރިއަށްދާ ލާމަސީލު ލާމު މުބާރާތަށް ރެފްރީން ދޫކުރަން ނިންމައިފި އެވެ. މިކަމާ ގުޅިގެން މުބާރާތުގެ މެޗުތައް އިއްޔެ ފަސްކުރުމަށްފަހު މިރޭ އަލުން ކުރިއަށް ގެންދެވޭނެ އެވެ. އެގޮތުން މިރޭ އަންހެން ޑިވިޝަންގެ ސެމީގެ ދެ މެޗު ކުރިޔަށް ދާނެެއެވެ.

ވީއޭއެމްއިން ޝަމާއިލްއަށް ފިޔަވަޅު އެޅީ، ގައުމީ ޓީމުގެ ރިލީޒްގައި ހުރެ އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފަށް ލާމަސީލު ލާމު މުބާރާތުގައި ބައިވެރިވެ ކުޅުމުންނެވެ. އެ ނިންމުމާ އެކު، ޝަމާއިލް ގައުމީ ޓީމުގެ ސްކޮޑުން ބާކީކުރުމުގެ އިތުރުން ވީއޭއެމްއިން ރާވާ ހިންގާ މުބާރާތްތަކާއި އެސޯސިއޭޝަންގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ޝަމާއިލްއަށް ބައިވެރިނުވެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މި ނިންމުމާ އެކު، ލާމަސީލު ލާމު މުބާރާތުގެ މެޗުތައް އިއްޔެ ފަސްކުރަން ޖެހުނީ ޝަމާއިލް ކުޅޭނަމަ ރެފްރީން ރެފްރީކަން ނުކުރުމަށް ވީއޭއެމްއިން އެންގުމާ ގުޅިގެން ރެފްރީން ނެތުމުގެ ސަބަބުންނެވެ. ޝަމާއިލްއަށް ފިޔަވަޅު އެޅި ގޮތާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments