މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާވަށު ކައުންސިލުން މަސްރޭހެއް ބާއްވަނީ

Masveringe dhuvahuge munaasabathugai maavashu council in mas race eh baahvanee

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ލ.މާވަށު ކައުންސިލުން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 13 ވަނަ ދުވަހު ހަވީރު 04:00 އިން ރޭގަނޑު 09:00 އަށެވެ.

މަސްރޭހުގައި ބައިވެރިވި ޓީމުތައް:

  • ކަނޑުރެހި
  • ހަފުސް
  • ސަމާލައިޓް
  • ޔެލޯ މާލިން
  • ގޯލްޑެން
  • ގޯލްޑެން ފެމިލީ 1
  • ހީލަނި
  • ފަޅުވެރިން
  • މަސްއޮޑި
  • ކަޅިހި
  • ސަންބޮކް
  • ވަގުންގެ ޖަގަޑާ

ގޮމަ ފިޝިން
މި މަސްރޭހުގެ ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކަށް ކައުންސިލުން ވަނީ ފައިސާގެ އިނާމުތައް ހުށަހަޅާފައެވެ. އެގޮތުން، އެއްވަނަ އަށް ހޮވޭ ޓީމަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަށް ހޮވޭ ޓިމަކަށް 5،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މަސްރޭހުގައި މާކެޔޮޅު، ދިގުކެޔޮޅު އަދި އެންމެ ކުޑަކެޔޮޅަށްވެސް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments