އާގިލްގެ މަރު: ހަމްދޫން މަރަން ހުކުމް ކޮށްފި

Aagil ge maru: Hamdhoon maran hukum kohfi

މާލޭ އެމްއެމްއޭ ކައިރީގައި ހުއްޓާ،އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ  ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތުގެ މައްޗަށް ކުށް ސާބިތުވެ، މަރަން ހުކުމް ކޮށްފިއެވެ.

ގަދ. ފަރެސްމާތޮޑާ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އާގިލް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ ލީ އޮގަސްޓް 31، 2018 ގައި އޭނާ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް ފޭބިތަނާހެންނެވެ. މި މައްސަލައިގައި ދައުލަތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމުގައި ބައިވެރިވެ އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

ނަމަވެސް، މި މައްސަލައިގައި ކުށް ސާބިތުވަނީ ހަމައެކަނި ހަމްދޫންގެ މައްޗަށެވެ. ހަމްދޫން މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭނާ އަށް ހުކުމް ކުރީ އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، އާގިލްގެ ފަހަތުން ވަޅި އެއް ހިފައިގެން ހަމްދޫން ދުވެފައިދާ މަންޒަރު ފެންނަ ކަމަށާއި، ވަޅި ޖަހާފައިވަނީ ގަސްތުގައި މަރާލުމަށްކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ހަމަލާދީފައިވަނީ އާގިލްގެ ސީދާ މެޔަަށް ކަމަށާއި ހަމްދޫން ވަޅި ހިފައިގެން އުޅޭ މަންޒަރު ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ކަމަށްވެސް ހުކުމްގައި ވަނީ ބުނެފައެވެ.

ހަމަލާދިނުމަށްފަހު ހަމްދޫން އެ ސަރަހައްދުން ފިލުމަށް މަސައްކަތްކޮށްފައިވަ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ. އަދި އާގިލް މަރުވެފައިވަނީ އޭނާއ އަށް އެ ހަމަލާގެ ސަބަބުން ކަމަށްވެސް ހުކުމްގައި ބުނެއެވެ. ޝަރީއަތުގެ މަޖިލީހުގައި އާގިލްގެ މަންމަ އާއި ބައްޕަ ބުނީ މަރަށް މަރު ހިފަން ބޭނުންވާ ކަަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments