ފަހު ވަގުތު އަފްސާން ޖެހި ގޯލުން ކުނަހަންދޫ އަށް މޮޅެއް

Fahu vaguthu Afsaan jehi goal in Kunahandhoo ah molheh

ލ. އަތޮޅުގައި މިއަދު ފެށި ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި މާބައިދޫގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުނަހަންދޫ ކުރި ހޯދައިފި އެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ގޯލު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނިޓްގައި ކުނަހަންދޫ އަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަފްސާން އެވެ.

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.

މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ގަމުން ނުކުންނާނީ ފޮނަދޫއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 03:50 ގަ އެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments