ލާމަސީލުލާމު ރަށު ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތައް މިންކުރުމުގެ ޙަފްލާ މިރޭ ބާއްވަނީ!
Laamaseelulaamu rashu council thakaai anhenunge tharaggre ah masakkaiy kura committee thah minkurumuge haflaa mirey baavvany!

ލ. އަތޮޅުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ހިންގުން މިންކުރުމަށް ބާއްވާ “ލާމަސީލު ލާމު ރަށުކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަށް މިންކުރުމުގެ ޙަފްލާ” މިރޭ ފޮނަދޫގައި ބޭއްވުމަށް ވާނީ ހަމަޖެހިފައެވެ.
މި ޙަފްލާ އޮންނާނީ 2025 ޑިސެމްބަރު 12 ވާ ހުކުރު ދުވަހުގެ ރޭ 8:20 ގައި ފޮނަދޫ އިޖްތިމާއީ މަރުކަޒުގައެވެ. މި ޙަފްލާގެ މައިގަނޑު މަޤްޞަދަކީ ލ. އަތޮޅުގައި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް، އެ ކޮމިޓީތަކުގެ ހިންގުން ރަނގަޅުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރު އެޅުމެވެ.
މި ޙަފްލާގައި ލ. އަތޮޅުގެ ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަދި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.




