ގަމުގައި ކުލަގަދަކޮށް އަޟްޙާ ޢީދު ފާހަގަކުރަނީ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ލ. ގަމުގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކުރުމުގެ ގޮތުން، އެކިއެކި ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާޢީ ހަރަކާތްތައް ރަށުގެ ކުލަބު ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް ކައުންސިލްގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ހައްދުންމަތީ ގަމު ކައުންސިލުން ވަނީ ނިންމާފަ އެވެ.

ޢީދުގެ ހަރަކާތްތައް ރާވައި ހިންގުމަށް ޝައުޤުވެރިވާ، ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 5 މެއި 2024 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ.

ލ. ގަމަކީ ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ދާ ރަށެކެވެ. އަދި ތަފާތު އެކި ހަރަކާތްތަކާއެކު، ކުލަގަދަކޮށް ޢީދު ފާހަގަކުރާ ރަށެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments