ލާމަސީލުލާމު އެވޯޑް އިސްދޫ ކައުންސިލް އަދި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް
LaamaseeluLaamu Award isdhoo council adhi maavashu WDC ah

ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ލާމަސީލު ހައްދުންމަތީ އެވޯޑް އިސްދޫ ކައުންސިލް އަދި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަށް ލިބިއްޖެއެވެ.
ލާމަސީލުލާމު ހައްދުންމަތީ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ރޭގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު, ފައިޞަލް ނަސީމެވެ.
މި އެވޯޑަކީ 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ހައްދުންމަތީ އަތޮޅު ކައުންސިލުން ލާމު އަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ރޭންކު ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި އެވޯޑް ދިނުމަށްޓަކައި އަތޮޅު ކައުންސިލުން ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތު ފެންވަރު މިންކޮށް ވަޒަންކުރުމަށް ރޭންކިންގ އިންޑެކްސް އެއް ކަނޑައަޅާފައެވެ.
މި އިންޑެކްސްގެ މައިގަނޑު ބޭނުމަކީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކުރުމަށް އެފަރާތްތަކަށް ބާރުއަޅާ, އެކަމަށް ހިތްވަރުދީ ޙިދުމަތް ފޯރުކޮށްދިނުމާއި އެފަރާތްތަކުގެ ޤާނޫނީ ޒިންމާއަދާކުރުމުގައި ވާދަވެރި މާހައުލެއް ޤާއިމް ކުރުމެވެ.
ރަށު ކައުންސިލްތަކުގެ ރޭންކިން އެކުލެވިގެންވަނީ 5 އިންޑިކޭޓަރގެ މައްޗަށެވެ. އަދި އެ އިންޑިކޭޓަރ ތަކުން 1 ވަނަ ހާސިލްކުރި ރަށު ކައުންސިލް ތަކަކީ:
- އަމިއްލަ މަސައްކަތުން ކައުންސިލަށް ހޯދާފައިވާ ޢާމްދަނީ : ހައްދުންމަތީ ގަމު ކައުންސިލް
- ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ފާއިތުވި އަހަރުގެ ޕާފޯމަންސް އިންޑެކްސް: ހައްދުންމަތީ މުންޑޫ ކައުންސިލް
- ރަށު ކައުންސިލްތަކުގެ ފާއިތުވި އަހަރުގެ މޮނިޓަރިންގ: ހައްދުންމަތީ އިސްދޫ ކައުންސިލް
- ފާއިތުވި އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތައް: ހައްދުންމަތީ މާމެންދޫ ކައުންސިލް
- ކައުންސިލްތަކުން ޖަވާބުދާރީވުން: ހައްދުންމަތީ ކަލައިދޫ ކައުންސިލް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރޭންކިންގ އެކުލެވިގެންވަނީ 5 އިންޑިކޭޓަރގެ މައްޗަށެވެ. އަދި އެ އިންޑިކޭޓަރ ތަކުން 1 ވަނަ ހާސިލްކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަކީ:
- މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތައް: މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މޮނިޓަރިންގއަށް: ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީ
- ކޮމިޓީއިން ބައިވެރިވި ހަރަކާތްތައް: ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީ
- ކޮމިޓީގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ: އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- ހާސިލްކުރެވުނު ކާމިޔާބީ: މި ސަބްއިންޑެކްސް އަށް ޕޮއިންޓް ލިބޭފަދަ ކާމިޔާބީއެއް އެއްވެސް ކޮމިޓީއަކަށް ލިބިފައި ނުވެއެވެ.
ރޭންކިންގައި އެންމެ ރަނގަޅު 5 ރަށުކައުންސިލް
- ހައްދުންމަތީ އިސްދޫ ކައުންސިލް
- ހައްދުންމަތީ މާމެންދޫ ކައުންސިލް
- ހައްދުންމަތީ ކަލައިދޫ ކައުންސިލް
- ހައްދުންމަތީ ފޮނަދޫ ކައުންސިލް
- ހައްދުންމަތީ މުންޑޫ ކައުންސިލް
ރޭންކިންގައި އެންމެ ރަނގަޅު 5 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ




