ގަމު ކައުންސިލްގެ ބައި-އިލެކްޝަން ޖޫން މަހު، ކުރިމަތިލާން ހުޅުވާލައިފި

ހައްދުންމަތީ ގަމު ކައުންސިލްގެ ބައި-އިލެކްޝަން ޖޫން މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައި، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ގަމު ކައުންސިލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހު 15 ވަނަ ދުވަހު އެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 23 ގައި އިޢުލާން ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، 15 މެއި އާ ހަމަޔަށް ވަނީ އެ ފުރުޞަތު ހުޅުވާލާފަ އެވެ.

އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ.

ގަމު ކައުންސިލްގެ މެންބަރު ކަމުގެ ބައި-އިލެކްޝަނަށް ހުޅުވާލާފައިވަނީ، ކުރިން ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޢާޞިފް ވަކިވެވަޑައިގަތުމުންނެވެ. ޢާޞިފް މިހާރު ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުގެ މަޤާމުގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments