މާޔާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާއިފި

MAYA bashi boalha mubaaraathugai baiverivumah hulhuvaalaifi

މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބަށި ބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ 19 ޑިސެމްބަރެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރއަޕް ޓީމަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ މޮޅު ހިފުންތެރިޔާއާއި އެންމެ މޮޅު ޖެހުންތެރިޔާއަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެެވެ. އަދި ބަށި ރާނީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތަކީ ޤަޢުމީ އެއްބައިވަންތަ ދުވަހުގެ ( 26 ޑިސެމްބަރ 2025) ގައި ބޭއްވުމަށް ތާވަލްކުރި މުބާރާތެކެވެ. އެހެންނަމަވެސް ޗުއްޓީގައި ގިނަ ކަނބަލުން އެކިތަންތަނަށް ފުރުމަށް ރާވަފައިވާތީވެ، ކަނބަލުންގެ އެދުމުގެ މަތިން މުބާރާތް 21 ޑިސެމްބަރ އަށް އަވަސް ކުރީއެވެ. މިމުބާރާތް އަމާޒުކޮއްފައި ވަނީ ލ.މާބައިދޫގެ ކަނބަލުންނަށެވެ.

މިއީ މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަންގެ ފުރަތަމަ ބަށިބޯޅަ މުބާރާތެކެވެ. މިމުބާރާތުގެ މެއިން ސުޕޮންސަރ އަކީ ‘’ މާހަލް ބިޒް’’ އެވެ. އަދި ކޯ ސުޕޮންސަރ އަކީ ‘’ ކޫލް ޓެމްޕް’’ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ގުޅާނީ 9987171 މި ނަމްބަރަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments