އެމްޑީޕީގެ 2026 ލޯކަލް ކައުންސިލް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

MDPge 2026 local council primary gai vaadhakuraa candidate inge dhaaimee list aanmukoffi

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން، 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. މި ލިސްޓަކީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް އެ ޕާޓީން ކަނޑައެޅި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓެވެ.

އެމްޑީޕީން މި ލިސްޓު އާންމުކޮށްފައިވަނީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކަށް އެ ޕާޓީގެ ފަރާތުން ނިކުންނާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ގޮތުންނެވެ.

މި ލިސްޓަށް ބަލާއިރު، ލ. ގަމު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަނީ ތިން ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ އަހުމަދު ޒަކީ، އަފްސަލް ޖައުފަރު އަދި މުޙައްމަދު ނިޒާމެވެ. އަދި ގަމު ކައުންސިލްގެ މެމްބަރުކަމަށް ހަތަރު ބޭފުޅުން ވާދަކުރައްވައެވެ. އެއީ އަހުމަދު ޒާހިރު، އަޙުމަދު ޝާހީން، އިބްރާހީމް ރަޝީދު އަދި އަބްދުالله ޝުއާއުއެވެ.

އެމްޑީޕީ އިން ޒުވާނުންނަށް ޚާއްސަކޮށްފައިވާ ޖާގައަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ އަބްދުالله ޝުއާއު އާއި މުޙައްމަދު ތޯރިގުއެވެ.

މި ޕްރައިމަރީގައި ވާދަކުރާ ޖުމްލަ އަށް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންނަކީ މިހާރުވެސް ކައުންސިލަރުންގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އެގޮތުން، އަހުމަދު ޒަކީ މިހާރު ހުންނެވީ ކައުންސިލް ރައީސްގެ މަގާމުގައެވެ. އަފްސަލް ޖައުފަރު އާއި އަބްދުالله ޝުއާއުއަކީ ކައުންސިލް މެމްބަރުންނެވެ. އަދި އިބްރާހީމް ރަޝީދު ހުންނެވީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments