ޕީއެންސީ ޕްރައިމަރީ: ގަމު ކައުންސިލް ރައީސްގެ ޓިކެޓު އަރީފް ކާމިޔާބުކޮށްފި!

Pnc primary: gamu council ge raees ge ticket areef kaamiyaabu kohfi!

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގަމުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ވޯޓުލުން ނިންމާލައިފިއެވެ.

ލާމު އަތޮޅުގައި ޕީއެންސީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ 3 ރަށެއްގައެވެ. އެއި  ގަމާއި ހިތަދޫ  އަދި މާވަށެވެ. ގަމުގައި ޕީއެންސީގެ ވޯޓުލުން މިހާރު ނިމިފައިވާއިރު، ވޯޓުތައް ވަނީ ގުނާފައެވެ.

އެގޮތުން، ގަމު ރަށު ކަައުންސިލްގެ ރައީސްގެ ޓިކެޓް ކާމިޔާބުކޮށްފައިވަނީ މުޙައްމަދު އަރީފް، (މަތިމަރަދޫ ކުންނާރުމާގެ، ލ. ގަން) އެވެ. އަރީފް މި ޓިކެޓް ކާމިޔާބުކޮށްފައިވަނީ މުޙައްމަދު އަބޫބަކުރު، މުޙައްމަދު ފަރީދު އަދި ޙުސައިން ހަލީމް އާ ވާދަކުރައްވައެވެ.

މުޅި ޖުމުލަ 4 ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު އަރީފް އަށް މުޅި ޖުމުލަ ލިބުނީ 281 ވޯޓެވެ. މުހައްމަދު އަބޫބަކުރަށް 220 ވޯޓު ލިބިފައިވާއިރު،ހުސައިން ހަލީމްއަށް ލިބުނީ 200 ވޯޓެވެ. އެންމެ މަދުން ވޯޓު ލިބުނީ މުހައްމަދު ފަރީދުއަށެވެ. 48 ވޯޓު ބާތިލުކޮށްފައިވާއިރު، މުޅި ޖުމުލަ ވޯޓު ލާފައިވަނީ 918 މީހުންނެވެ.

ގަމު ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ 6 މެންބަރުންނެވެ.  އެންމެ ގިނަ ވޯޓު ލިބުނީ އަސްލަމް މުޙައްމަދު އަށެވެ. އެީ 375 ވޯޓެވެ. ދެނަ އެންމެ ގިނައިން ވޯޓު ލިބުނީ 365 ވޯޓާއެކު ޝާހިދު މުޙައްމަދު އަށެވެ. ހުސައިން އާލިމް އަށް 317 ވޯޓު ލިބިފައިވާއިރު، މުހައްމަދު އަހުމަދު އަށް ލިބިފައިވަނީ 195 ވޯޓެވެ.

ގަމު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް 586 ވޯޓާއެކު ހޮވިފައިވަނީ އައިޝަތު ސަނާ، (ތުނޑި، ބްލޫ ލައިޓް)، 477 ވޯޓާއެކު ނައުސާ ޚާލިދު،(ތުނޑި ހަނދުވަރީ ހިޔާ، ) 382 ވޯޓާއެކު އާމިނަތު ދުންޔާ، (ދުންޔާ، ތުނޑި ރުކުމާ) އަދި 362 ވޯޓާއެކު އާމިނަތު ރަޝީދާ( ތުނޑި ގުލްފާމް ވިއު،) އެވެ.

ގަމު ވޯޓު ފޮށި ބަހައްޓާފައިވާނީ 4 ސަރަހައްދެއްގައެވެ. އެއީ ގަން އާބާދު ސަރަހައްދު، ތުނޑި، މަތިމަރަދޫ އަދި މުކުރިމަގެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments