ޗެމްޕިއަން ކޭއެމް ބަލިކޮށް، ސިޓިޒެން އިން މުބާރާތް ފެށީ އުއްމީދާއެކު

ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން ކޭއެމް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ސިޓިޒެން ސްޕޯޓްސް ކްލަބުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ސިޓިޒެން އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭއެމް އިންނެވެ.

ސިޓިޒެން އިން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-22 އަދި 25-18 އިންނެވެ.

ތިން ސެޓު ކުޅެވުނުއިރު ބަލިކޮށް އޮތްނަމަވެސް، ކޭއެމް އިން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދެ އެވެ. މެޗުގެ އެންމެ ފޯރިގަދަވީވެސް ހަތަރު ވަނަ ސެޓެވެ. މި ސެޓު 27-25 އިން ކާމިޔާބުކުރީ ކޭއެމް އެވެ. މިއާއެކު މެޗު ވަނީ ފަސް ސެޓަށް ގޮސްފަ އެވެ.

މެޗުގެ އެންމެ ފަހު ސެޓު 15-10 އިން ކާމިޔާބުކޮށް، މެޗު ކާމިޔާބުކޮށްފައިވަނީ ސިޓިޒެން އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިޓިޒެންގެ ޖާޒީ ނަންބަރު 5، އިބްރާހިމް ފަޒީލް އެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސިޓިޒެން އާއި ދަ ގުރޫޕް އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments