ރޭގެ މެޗުން ބަލިވި ނަމަވެސް ދެން ހުރި މެޗްތަކުގައި މިއަށްވުރެ ރަނގަޅު ކުރާނަން – އެސިސްޓަންޓް ކޯޗް ނީނާ

Reyge match in balivinamaves dhen huri match thah miahvure rangalhu kuraanan - Assistant Coach Neena

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ލ. ގަން ބަލިވި ނަމަވެސް، ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅު ކުރާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗް ނީނާ ބުނެފިއެވެ.

ރޭގެ މެޗުގައި ބައްދަލުކުރީ ލ. ގަމާއި ށ. ފުނަދޫއެވެ. މި މެޗު ށ. ފުނަދޫއިން ކާމިޔާބުކުރީ ވަރަށް ގާތް ނަތީޖާއަކުން، އުނދަގޫ މޮޅަކުންނެވެ. ފުނަދޫ މޮޅުވީ 3 ސެޓް 2 ސެޓުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ނީނާ ފާހަގަކުރި ގޮތުގައި، ރޭގެ މެޗުން ބަލިވުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި، ޓީމުގެ ރޭވުންތަކަށް ބަދަލުތަކެއް ގެނެސް ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ފެށި ފުރަތަމަ ރާއްޖެ ސުޕަ ލީގަށް ވާއިރު، ލ. އަތޮޅުން މި މުބާރާތުގައި ދެ ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ލ. ގަމުގެ އިތުރުން ލ. މާބައިދޫއެވެ.

ލ. ގަން ކުޅޭ ދެން އޮންނަ މެޗު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ. އެ މެޗުގައި ގަން ބައްދަލުކުރާނީ ކ. މާފުށީގެ ޓީމާއެވެ. ގަމުގެ ޓީމުން އުއްމީދު ކުރަނީ މާދަމާގެ މެޗުން މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުކުރުމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments