ސަރުކާރުން މިފަހަރުގެ ރޯދަ ހަދިޔާ އަށް 118،000 މަސް ދަޅު ކޭސް ބަހަނީ!
Sarukaarun mifaharu roadha hadhiyaa ah 118,000 mas dhalhu case bahanee!

ސަރުކާރުން މިފަހަރު ރޯދަ ހަދިޔާ އަށް ރައްޔިތުންނަށް، ބެހުމަށް 118000 މަސް ދަޅު ކޭސް ތައްޔާރު ކުރަމުން އަންނަ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ، މަސް ދަޅު ކޭސްތައް ތައްޔާރު ކުރުމުގެ މި ހަފުތާގެ ނިޔަލަށް ނިމޭނެ ކަމަށެވެ. މަސްދަޅު ކޭސް ބެހުމުގެ ކަންކަން ލޯކަލް ގަވަނެންސް މިނިސްޓްރީން ކުރަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގައި ވެސް ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއް ހަދިޔާކޮށްފައެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 111،231 މަސްދަޅު ކޭސް ސަރުކާރުން ވަނީ ހަދިޔާ ކޮށްފައެވެ.
ރައީސް ޑރ މުހައްމަދު މުުއިއްޒު ވަނީ މިފަހަރުގެ ރޯދަ މަހުގައި ވެސް ކަރަންޓު ބިލުން ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައެވެ.ރައީސް ގެ މި ނިންމެވުމާއެކު، ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން އަރާނީ 400ރ. އެވެ.




