ޓްރާންސްފޯމަރ އަޕްގްރޭޑް ކުރުމަށް މާދަމާ ގަމުން ކަރަންޓު ކަނޑާލަނީ
Transformer upgrade kurumah maadhama gamun karantu kandaalanee
ފެނަކަ ކޯޕަރޭޝަންގެ ލ. ގަން ބްރާންޗުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ މުޅި ގަމުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ނިންމައިފިއެވެ.
ފެނަކަ ގަން ބްރާންޗުން މަޢުލޫމާތު ދޭ ގޮތުގައި، ކަރަންޓު ކަނޑާލަނީ އެ ބްރާންޗުގެ “ސްޓެޕްއަޕް ޓްރާންސްފޯމަރ” އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަސައްކަތަށްޓަކައި ކަރަންޓު މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ، 10 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.
މި މަސައްކަތަކީ ރަށުގެ ކަރަންޓުގެ ވިއުގަ ވަރުގަދަކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފެނަކައިން ދެއެވެ.




