ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އިން ކޯޗިންގ ކްލިނިކެއް ބާއްވަނީ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އާއި ހައްދުންމަތީ ގަމު ކައުންސިލް ގުޅިގެން ކޯޗިންގ ކްލިނިކެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އޭއެފްސީ/ފީފާ ގްރާސްރޫޓް އަދި އެލައިޓް ކޯޗިންގ ލެވެލްގެ މި ކްލިނިކްގެ ސެޝަންތައް ނަންގަވައިދެއްވާނީ ތަޖުރިބާކާރު ކޯޗު އަހުމަދު ޝަރީފު (ޑުންގާ) އެވެ. މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަ ށެވެ.
އެޕެކްސް އެކަޑަމީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، 9645040 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް އެ އެކަޑަމީ އިން ވަނީ ބުނެފަ އެވެ.
ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ އަކީ މިވަގުތު ލ. އަތޮޅުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް އެކަޑަމީ އެވެ.