މިއަހަރު ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވަނީ!

Mi aharu raahjeygai alah 7 resort eh

މިއަހަރު ރާއްޖޭގައި އައު 7 ރިސޯޓެއް ތަރައްގީކޮށް ހުޅުވާނެކަން ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން ބުނީ އަލަށް ހުޅުވާ ރިސޯޓުތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މިއަހަރު 7 ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭގެތެރޭގައި އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް “ބަލްގަރީ” އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ބަލްގަރީ ރިސޯޓް ރަންފުށި ހިމެނެ އެވެ. މިއީ ރ އަތޮޅުގައި ތަރައްގީކުރާ 20 ހެކްޓަރުގެ ބޮޑު ރިސޯޓެކެވެ.

މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި، އެ ރިސޯޓުގައި ޖުމުލަ 54 ވިލާ  ހުންނާނެއެވެ. މީގެއިތުރުން ، އެ ރިސޯޓުގައި ވަކި ރަށެއްގައި ހުންނަ “ބަލްގަރީ ވިލާ” އާއި، 33 ބީޗް ވިލާ އަދި 20 އޯވަރވޯޓަރ ވިލާ ވެސް ހިމެނެއެވެ.

ހަމަމިއާއެކު، ނ އަތޮޅު   ކުރެދިވަރު ގައި ހިންގަމުން އައި މޫވެންޕިކް ރިސޯޓު، މޮންޑްރިއަން މޯލްޑިވްސް ގެ ނަމަށް ރީބްރޭންޑްކޮށް މިއަހަރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ އާޓް އަދި ކަލްޗަރ އަށް ބިނާކޮށެވެ.

މި ރިސޯޓުގެ އިތުރުން މިއަންނަ ފެބްރުއަރީ މަހުގައި ސިކްސް އެންޑް ސިކްސް” ބްރޭންޑުން މާލެ އަތޮޅު ދެކުނުގައި ތަރައްގީކުރާ ރަށް ގިލި މޯލްޑިވްސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެ ބުރޭންޑުގެ ދަށުން ދޮން މާގަ މޯލްޑިވްސްގެ ނަމުގައި މިއަހަރުގެ ފަހުކޮޅު ރިސޯޓެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.މި ލަކްޒަރީ ރިސޯޓުގެ ވިލާތަށް 1،500  އަކަމީޓަރަށްވުރެ ބޮޑެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments