ގަމު ޓީމު ސަޕޯޓަރުންނަށް ހިލޭ މެޗު ބެލޭނެ ގޮތް ކައުންސިލުން ހަމަޖައްސައިފި
Gamu team supportarunnah hiley match beleyne goiy council in hama jassaifi

މިހާރު ކުރިއަށްދާ ރާއްޖޭގެ ސުޕަ ލީގު 2026 ގެ ލ. ގަމުން މިރޭ ކުޅޭ މެޗުގައި ގަމު ޓީމަށް ސަޕޯޓް ކުރުމަށްދާ ފަރާތްތަކަށް ހިލޭ ޓިކެޓް ބެހުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.
ގަމު ޓީމުގެ ސެމީ ފައިނަލްގައި ކުޅޭނީ ކ.ހުރާއާ ދެކޮޅަށް މިރޭ 20:30 ގައެވެ. ގަމު ޓީމުގެ އެސިސްޓެންޓް ކޯޗު ނީނާ ބުނީ ވީހާވެސް ގިނަ ސަޕޯޓަރުން ޓީމުގެ ކުލަ ކަމުގައިވާ ފެހިކުލަ ލައިގެން ޓީމަށް ސަޕޯޓު ކުރަން ދިއުމަށެވެ.
ރާއްޖޭގެ އަންހެން ވޮލީގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު މާޖިދާ (މާޖި) އަަދި ހައްވާ ރާޝިދާ (ހައްވަ) އާއެކު މި ފަހަރުގެ މުބާރާތައް ނުކުތް ގަމު ޓީމުން މާފުށީގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ނަތީޖާއާއެކު ގަމު ޓީމުން ވަނީ ސެމީ ފައިނަލް އަށް ދަތުރުކޮށްފައެވެ.




