ދަ ގުރޫޕު ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކޭއެމް އަށް

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ދެވަނަ ޖާގަ ކޭއެމް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ކޭއެމް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހުކުރު ދުވަހުގެރޭ 3-1 ގެ ނަތީޖާއަކުން ދަ ގުރޫޕު ބަލިކުރުމަށްފަހު އެވެ. މެޗުގެ ފުރަތަމަ ސެޓު ކޭއެމް އިން ވަނީ ފަސޭހަ ކަމާއެކު 25-16 އިން ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓުގައި ދަ ގުރޫޕުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަމަވެސް، 25-21 އިން ސެޓު ކާމިޔާބުކުރީ ކޭއެމް އިންނެވެ. މިއާއެކު ދަ ގުރޫޕަށް ވަނީ ތިންވަނަ ސެޓު ނެގުން މަޖުބޫރު ވެފަ އެވެ.

ދަ ގުރޫޕުން ތިންވަނަ ސެޓުގައި އިތުރަށް ކުޅުން ރަނގަޅުކޮށް، 25-21 އިން ސެޓު ކާމިޔާބުކުރިނަމަވެސް، މެޗުގެ ހަތަރު ވަނަ ސެޓު ކޭއެމް އިން ވަނީ 25-13 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭއެމްގެ ޖާޒީ ނަންބަރު 6، އާދަމް ފައިރޫޒް އެވެ.

ފައިނަލުގެ ދެވަނަ ޖާގަ ކޭއެމް އިން ހޯދާފައިވާއިރު، ފުރަތަމަ ޖާގަ ހޯދީ ސިޓިޒެން ސްޕޯޓްސް ކްލަބުންނެވެ. ސިޓިޒެން އިން ވަނީ މީގެކުރިން، 3-2 ގެ ނަތީޖާއަކުން ކޭއެމް ބަލިކޮށްފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments