އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

Mdp primary ge vote lun fashaifi

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަސު މެންދުދު 14:30 ގައެވެ. ވޯޓުލުން ކުރިއަށް ދާނީ މިރޭ 20:00 އާ ހަމައަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ސްކޫލްތަކުގައެވެ. އެގޮތުން ލާމު ގަމު 4  އަވަށުގައިވެސް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ގަމުން ވޯޓުލުމަށް ޝަރުތު ހަމަވެފައިވަނީ މުޅި ޖުމުލަ 788 މީހުނެވެ.

އެއީ؛

މާލެ-  168

ތުނޑި- 117

މުކުރިމަގު- 161

މަތިމަރަދޫ-  145
އެމްޑީޕީއިން ހާމަކުރި ގޮތުގައި، ޕްރައިމަރީގައި ވާދަކުރަނީ 152 ކެނޑިޑޭޓުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments