އެމްޑީޕީ ޕްރައިމަރީ: ގަމު ކައުންސިލްގެ ރައީސްގެ ޓިކެޓް އަފްސަލް ކާމިޔާބުކޮށްފި!

Mdp primary: Gamu council ge raees ge ticket afsal kaamiyaabu kohfi!

މިއަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަމު ރަށު ކަައުންސިލްގެ ރައީސްގެ އެމްޑީޕީ ޓިކެޓް އަފްސަލް ޖައުފަރު ( އައްޕި) ކާމިޔާބުކޮށްފިއެވެ.

އައްޕި ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ  މުޅި ޖުމުލަ 287 ވޯޓާއެކުގައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ މުހަައްމަދު ނިޒާމުއެވެ.  އެއީ، 246 ވޯޓެވެ. އެންމެ މަދުން ވޯޓު ލިބިފައިނީ ގަމު ކައުންސިލްގެ މިހާރުގެ ރައީސް އަހުމަދު ޒަކީ އަށެވެ. އެއީ ޖުމުލަ 10 ވޯޓެވެ.

ގަމު އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގެ އިތުރުން ގަމުގެ ހަތަރު އަވަށުގައިވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.

އެގޮތުން، އެމްޑީޕީގެ ޕްރައިމަރީ ޓިކެޓުގައި ވާދަކުރާ ކައުންސިލްގެ ރައީސްގެ މަގާމު ހޮވުމަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ފޮށިތަކަށް ވޯޓު ލާފައެވެ.

މަތިމަރަދޫ ވޯޓު ފޮއްޓަށް ވޯޓުލީ އަދަދު: 121

އަފްސަލް- 115

ނިޒާމް- 3

ޒަކީ – 0

ތުނޑީ ވޯޓު ފޮއްޓަށް ވޯޓުލީ އަދަދު: 89

އަފްސަލް- 52

ނިޒާމު- 28

ޒަކީ- 8

އާބާދު ސަރަހައްދުން ވޯޓުލީ  އަދަދު:  138

އަފްސަލް- 20

ނިޒާމް- 117

ޒަކީ- 0

މުކުރިމަގު ވޯޓު ފޮއްޓަށް ވޯޓުލީ އަދަދު:113

އަފްސަލް-56

ނިޒާމް-53

ޒަކީ-2

ރައީސްގެ ޓިކެޓް ހޮވުމަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ. އެގެތެރޭގައި ބާތިލު 9 ވޯޓު ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކައުންސިލްގެ މެންބަރު  ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްފައިވަނީ 3 ފަރާތެކެވެ. އެއީ، އަހުމަދު ޝާހީން، އިބްރާހިމް ރަޝީދު އަދި އަބްދު الله ޝަރީފް އެވެ.

ޖުމުލަ  224 ވޯޓާއެކު މި ޓިކެޓް ކާމިޔާބު ކުރީ  އިބްރާހިމް ރަޝީދުއެވެ. ޝާހިން އަށް ލިބިފައިވަނީ 154 ވޯޓެވެ. އަބްދު الله ޝަރީފް އަށް ލިބުނީ 107 ވޯޓެވެ.

މުކުރިމަގު ފޮށި:

އިބްރާހިމް ރަޝީދު- 84

ޝާހިން- 12

އަބްދު الله ޝަރީފް- 12

އާބާދު ސަރަހައްދު ވޯޓު ފޮށި:

އިބްރާހިމް ރަޝީދު- 11

ޝާހިން- 76

އަބްދު الله ޝަރީފް- 42

ތުނޑީ:

އިބްރާހިމް ރަޝީދު- 89

ޝާހިން- 37

އަބްދު الله ޝަރީފް- 15

މަތިމަރަދޫ:

އިބްރާހިމް ރަޝީދު- 65

ޝާހިން- 29

އަބްދު الله ޝަރީފް- 11

މާލެ ފޮށި:

އިބްރާހިމް ރަޝީދު-35

ޝާހިން-22

އަބްދު الله ޝަރީފް-27


ކައުންސިލް މެންބަރުންގެ އެމްޑީޕީ ޓިކެޓް ހޮވުމަށް މާލޭ ސަރަހައްދާއި އަވަށްތަކުގައި ބަހައްޓާފައިވާ ފޮށިތަކަަށް 400 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments