ގަމު ކަައުންސިލްގެ ބައެއް ތަކެތި ނީލަން ކިޔަނީ
Gamu council ge baeh thakethi neelan kiyanee

ލާމު ގަމު ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ނީލަން ކިއުމަށް، ގަމު ކައުންސިލުން ނިންމައިފިއެވެ.
ގަމު ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިދާރާގައި ބޭނުންކުރި ތަކެތީގެ ތެރެއިން ހަލާކުވެފައިވާ ތަކެއްޗާއި، އަދި ބާވެފައިވާ ބައެއް ތަކެއްޗާއި ރަށުގެ ކުޅޭބިންތަކުގައި ބޭނުންކުރި ބައެއް ތަކެތި ނީލަން ކިޔުން މި މަހު 20 ވަނަ ދުވަހު 10:15 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެ ކަމަށެވެ.
ގަމު ކައުންސިލުން ވަނީ ނީލަން ކިޔާ ތަކެތީގެ ލިސްޓު ގެޒެޓްގައި ހިއްސާކޮށްފައެވެ.
ގަމު ކައުންސިލުން ބުނީ ނީލަން ކިޔަން ހަމަޖެހިފައިވާ ދުވަހު 9:00 އިން 10:00 އާ ދެމެދު ކައުންސިލް އިދާރާއަށް ހާޟިރުވެ ނީލަމުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އެގޮތުން، ނީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް ގަމު ކައުންސިލުން ވަނީ ބުނެފައެވެ.
އެ އިއުލާނުގައި ބުނީ، ނީލަން ފެށޭ އަގާއި ނީލަމަށް އިތުރުކުރެވޭ އަގު ނީލަންކިޔަން ހަމަޖެހިފައިވާ ލިސްޓްގައި ހިމެނިފައިވާނެ ކަމަށެވެ. މީގެއިތުރުން، ނީލަމުން ނަގާ ތަކެއްޗަށް ނީލަން ނިމުމުން އެދުވަހުގެ 14:00 ގެ ކުރިން ފައިސާ ދައްކާ ނިންމަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހަމަމިއާއެކު، ނީލަމުން ނަގާ ތަކެތި 23 ޖަނަވަރީ ދުވަހުގެ 18:00 ގެ ކުރިން ގެންގޮސް ނިންމުމަށްވެސް ގަމު ކައުންސިލުން ވަނީ ބުނެފައެވެ.
ނީލަމުން ނަގާ ތަކެތި ކައުންސިލް އިދާރާއިން ބޭރުކުރެވޭނީ، ރަސްމީ ދުވަހެއް ނަމަ ހެނދުނު 8:00 ން ހަވީރު 17:00 އާ ދެމެދުގައި ކަމަށް ގަމު ކައުންސިލުން ވަނީ ބުނެފައެވެ.
ބަންދު ދުވަހެއް ނަމަ ނީލަމުން ނެގި ތަކެތި ނެގޭނީ، ހެނދުނު 8:00 ން މެންދުރު 11:00 އާ ދެމެދުގައެވެ. އަދި ހަވީރު 16:00 ން 18:00 ދެމެދުގައެވެ.




