އިސްދޫ ހިމެނޭހެން އަތޮޅުތަކުގެ 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
Isdhoo himeynehen atoll thakuge 56 rashakah ambulance havaalu kohfi

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން، ލާމު އިސްދޫ ހިމެނޭހެން 56 ރަށަކަށް އެކްބިއުލާންސްގެ ތާޅުދަނޑި ހަވާލުކޮށްފިއެވެ.
އަތޮޅުތަކަށް އެމްބިއުލާންސް ހަވާލުކޮށްދެއްވީ ސިއްހީ ވުޒާރާއާބެހޭ ވަޒީރު، ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.
ރާއްޖެއަށް 56 އެމްބިއުލާންސް ގެނައުމުގެ މަޝްރޫއަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން މިދިޔަ އަހަރު ހަވާލު ކުރެވުނު މަސައްކަތެކެވެ. މި އެމްބިއުލާންސްތައް މެއިންޓެނެންސް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއެވެ.
ސަރުކާރުން ވަނީ މި މަޝްރޫއަށް 3 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ. އެމްޕީއެލް އިން ވަނީ 3 ބުރަށް ބަހާލައިގެން މިމަހހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސް އެއް ރާއްޖެއަށް ގެނެސްފައެވެ.




