ޒޯނު ބުރުގައި ގަމު ސްކޮޑަށް ޕަފް، އޮންލީ އަދި ޖެންނޭ
Zone burugai Gan squad ah Puff, Only adhi Jenney

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގެ މެޗުތަކަށް ލ. ގަމު ޓީމުގެ ސްކޮޑަށް ބަދަލުތަކެއް ގެނެސް، މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ލުފްސާން (ޕަފް)، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ހިމަނައިފި އެވެ.
ގަން ޒޯން ބުރުން ޖާގަ ހޯދިއިރު، ލ. އަތޮޅު ފައިނަލުން ގަން ވަނީ އިސްދޫ އަތުން ޕެނަލްޓީގައި ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ލ. އަތޮޅު ފައިނަލުގައި ވެސް އިސްދޫ އިން ވަނީ ގަން ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި ފަހަރުގެ މުބާރާތައް ގަން ނުކުތްއިރު، ގައުމީ ޓީމުގެ ސްކޮޑުގައި އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ހިމެނުނެވެ. އެއީ ޖެންނޭ އާއި އޮންލީ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި ޕަފް ވަނީ ޓީމާއެކު ދަތުރުކޮށްފަ އެވެ. އެހެންވެ މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މި ތިން ކުޅުންތެރިންނަށް ވަނީ ގެއްލިފަ އެވެ.
ގަން ހިމެނޭ ޒޯން ހައެއްގައި ދެން ހިމެނޭ ޓީމުތަކަކީ، ލ. އަތޮޅު ޗެމްޕިއަން އިސްދޫ، ތ. އަތޮޅު ޗެމްޕިއަން ތިމަރަފުށި، އަދި ތ. އަތޮޅު ރަނަރަޕް ކިނބިދޫ އެވެ.
ޒޯނު ބުރުގެ ފުރަތަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު ގަމުން ނުކުންނާނީ ތިމަރަފުށިއާ ދެކޮޅަށެވެ.




