ސްޓާލިޓް ބަލިކޮށް ފީނިކްސް އިން ފެށުން ރަނގަޅުކޮށްފި

މާމެންދޫގައި މިހާރު ކުރިޔަށްދާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާގެ އަންހެން ޑިވިޝަނުގައި، ސްޓާލިޓް ބަލިކޮށް ފީނިކްސް ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

ހުކުރު ދުވަހުގެރޭ ކުޅެވުނު ފޯރިގަދަ މި މެޗު ފީނިކްސް އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ފަހު ސެޓާ ހަމަޔަށްވެސް ފެނިފައި ވަނީ ވާދަވެރި ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ސެޓު 28-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓާލިޓް އެވެ. ނަމަވެސް، ފީނިކްސް އިން ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ. ފީނިކްސް އިން މި ދެ ސެޓު ކާމިޔާބުކުރީ 27-25 އަދި 25-15 އިންނެވެ.

2-1 ގެ ނަތީޖާއަކުން ބަލިކޮށް އޮތްނަމަވެސް، ސްޓާލިޓް އިން އުއްމީދު ކަނޑާލާފައެއް ނުވެ އެވެ. އެ ހިތްވަރާއެކު ކުޅެ، ސްޓާލިޓުން ވަނީ 25-20 ގެ ނަތީޖާއަކުން ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް، ފީނިކްސް އިން ވަނީ 15-11 އިން ފަހު ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފީނިކްސްގެ ޖާޒީ ނަންބަރު 19، ހައްވާ ސީމާ އެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް ހޮނިހިރު ދުވަހުގެރޭ ކުޅޭނެ އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕު ބީ ގެ ޓީމް އަޒުމް އާއި ޑީޑީއެފް ގާލްސް ޖެނެރޭޝަން އެވެ. ދެވަނަ މެޗުގައި ފީނިކްސް ނިކުންނާނީ ޑީޑީއެފް ދޫނީސް އާ ދެކޮޅަ ށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments